ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮގަސްޓް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޗައިނާއިން 205,130 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.1 އިންސައްތައިގެ އިތުރުވުމެކެވެ.
މިވަގުތު ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާއިންނެވެ. މިހާތަނަށް ރަޝިޔާއިން 161,290 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 126,111 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,642 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. ފާއިތުވި 2024 ވަނަ އަހަ އަހަރު ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު