Advertisement

ޕާސްޕޯޓުގެ ހިދުމަތް ބ އޭދަފުއްޓަށް!

ބ އަތޮޅުގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.

Advertisement

މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޢިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެރިކަން ކުރާ ބ އޭދަފުށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެވެ. އެގޮތުން އޭދަފުށީގައި ގާއިމްކުރި އިމިގްރޭޝަން އޮފީހުން ދޫކުރި ފުރަތަމަ ޕާސްޕޯޓު ދޫކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހުކުރައްވާފައެވެ.

އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ހިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. މަނަދޫގައި މި ފެށުނު ޕާސްޕޯޓުގެ ހިދުމަތާއެކު މިހާރު ޖުމްލަ 11 އަތޮޅަކަށް މި ހިދުމަތް ފުޅާކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑް ހެއްދުމުގެ ހިދުމަތް ދެމުން އަންނައިރު މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތްވެސް ވަނީ ފަށާފަ އެވެ. މިއީ ބޭރު ގައުމެއްގައި މި ހިދުމަތް ފެށި ފުރަތަމަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް