Advertisement

1 މިލިއަން ރުފިޔާ ދައްކަން ވެމްކޯގެ މައްޗަށް ހުކުމެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް އަމިއްލަ ކުންފުންޏަކުން ފޯރުކޮށްދިން މުދަލަށް ދައްކަންޖެހޭ މިލިއަނެއްހާ ރުފިޔާ ނުދެއްކުމުގެ ސަބަބުން، އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުން ވަނީ 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެމްކޯއަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ސޯލްޓްސް އެންޑް ސޭންޑްސް ކިޔާ އަމިއްލަ ކުންފުންޏަކުން ވެމްކޯއާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. މިއީ އެ ކުންފުނިން ވެމްކޯއަށް ސަޕްލައިކޮށްދިން މުދަލަށް ދައްކަންޖެހޭ ފައިސާއެވެ.

Advertisement

ދަޢުވާ އުފުލުމާ ގުޅިގެން، ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަންޖެހޭ ފައިސާއެއްކަން ޤަބޫލުކޮށްފައެވެ. އަދި އޭގެ ތެރެއިން 115,428 ރުފިޔާ ކުރިން ދައްކާ ޚަލާޞްކޮށްފައިވާކަމަށް ބުނެ، ވެމްކޯއިން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ.

މި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، ކޯޓުން ނިންމާފައންމާފައިވަނީ އިސްވެދެންނެވުނު އަދަދު އުނިކުރުމަށްފަހު، ބާކީވާ 1.16 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ވެމްކޯއިން ދައްކާ ޚަލާޞްކުރަންޖެހޭނެ ކަމަށެވެ. މީގެއިތުރުން، ވެމްކޯއިން މި ފައިސާ ދެއްކުމަށް އިންކާރުކޮށްފައިވާތީ، އަމިއްލަ ކުންފުނިން ކޯޓަށް ދިއުމަށް ހިނގި ޚަރަދުގެ ގޮތުގައި 50,000 ރުފިޔާ ވެސް ވެމްކޯއިން ދައްކަންޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު އެކި ކުންފުނިތަކުގެ މައްޗަށް މިފަދަ ހުކުމްތައް އިއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
ދައުލަތުގެ ހުރިހާ ފައިސާއެއް ސަރުކާރު ކުންފުނި ތަކުގެ ދޮރާށިން ނެރެލެވޭ މަކަރުވެރި ސްކޭމްތައް ކުރިއަށްދަނީ މިހާރު
ރ ރަޝީދު
ތީކޮންމެވެސް ސިޔާސީމީހެއްގެކުންފުންޏަކައްވާނީ

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް