Advertisement

ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ދިނުމަށް، ބޯޓުތަކުން ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް އެތެރެކުރާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ބަހައްޓަމުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގައި ހުންނަ އެމްޕީއެލް ޕޯޓުގައެވެ. މިއީ ވަރަށް ބޮޑު ޖާގައެއް ބޭނުންވާ މަސައްކަތަކަށްވުމާއެކު، މާލޭގެ ޕޯޓަށް ޖާގައިގެ ދަތިކަން ބޮޑަށް ކުރިމަތިވެ، ޕޯޓުގެ ހިދުމަތްތަކަށް ވަނީ ބުރަވެފައެވެ.

Advertisement

ހުސް ކޮންޓެއިނަރު ތިލަފުއްޓަށް ބާލާ، މެނޭޖުކުރުމަށް އެރަށުގައި ހަދާ މަގަތު ފާލަމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އަދި ކޮންޓެއިނަރުތައް ބަހައްޓާ ސައިޓު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޕީއެލްގެ ފަރާތުން ކުންފުނީގެ މުވައްޒަފުންނެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ބޯޓުތަކުން ބާލާ މުދާ ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުށީގައި ބެހެއްޓޭގޮތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ އެ ބޮޑު މަޝްރޫޢުގެ މުހިންމު ބައެކެވެ.

ނޯތު ހާބަރަށް އެމްޕީއެލްއިން ގެންނަ ބަދަލުތަކާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ، ހުސް ކޮންޓެއިނަރު ބަހައްޓާ ސަރަހައްދުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، މަސައްކަތް ނިންމާ އަންނަ މަހުގެ ނިޔަލަށް ކޮންޓެއިނަރުތައް ގެންދަން ފެށޭނެ ކަމަށެވެ.

“ހުސް ކޮންޓެއިނަރުތައް ބެހެއްޓުމުގެ ސަބަބުން ޕޯޓުގެވެސް ވަރަށް ބޮޑު ޖާގައެެއް އެބަ ގެއްލޭ. އަޅުގަނޑުމެން ވަނީ އަންގާފައި މިހާރު އެތަން އަވަހަށް ނިންމުމަށް. އޭރުން އަންނަ މަހުގެ ނިޔަލަށް ހުސްކުރާ ކޮންޓެއިނަރުތައް ތިލަފުއްޓައް ގެންދެވެން ފެށޭނެ،”. ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް