Advertisement

އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

އެސްްޓީއޯއިން “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

އެސްޓީއޯއިން ބުދަ ދުވަހު “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

Advertisement

މި ޕްރޮމޯޝަންގެ ދަށުން، ސްކޫލް ދަރިވަރުންގެ އިންޓަވަލަށް ބޭނުންކުރެވޭނެ ގިނަ ބާވަތްތަކެއްގެ އުފެއްދުންތައް ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި، އާންމުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލު ޑެވޮންޑޭލް ކިރު ޕެކެޓާއި ކްރޫގަރ ބްރޭންޑްގެ އެންމެހައި އުފެއްދުންތައް ހިމެނެއެވެ. ޑެވޮންޑޭލްއަކީ ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ، ހަށިގަނޑަށް ފައިދާހުރި ބްރޭންޑެކެވެ.

އަދި މީގެ އިތުރުން، ކުއިކްބެރީ އަދި ނަބާޓި ބްރޭންޑްގެ އެކި ރަހަރަހައިގެ ބިސްކޯދު ފަދަ ކުޑަކުދިންނަށް ކަމުދާ އުފެއްދުންތައްވެސް ލިބެން ހުންނާނެއެވެ. ކުއިކްބެރީ ބްރޭންޑްގެ “ޝުގަރ ފްރީ” ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް އެކަށީގެންވާ ގޮތަށް އުފައްދާފައިވާ އުފެއްދުމެކެވެ.

މި ޕްރޮމޯޝަންގެ ދަށުން، މަތީގައި ބަޔާންކުރެވުނު ބްރޭންޑްތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ގަންނަ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމުމަށްފަހުގައެވެ.

 

ޕޮޓޯ:އެސްޓީއޯ

ގުރުއަތުން ހޮވޭ ޚާއްޞަ 3 ފަރާތަކަށް، ކުޑަކުދިންގެ މެދުގައި މަޤްބޫލު “ޕީކަބޫ” ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗަރ ލިބިގެންދާނެއެވެ. މިގޮތުން:

  • 1 ވަނައަށް ހޮވޭ ފަރާތަކަށް 5,000 ރުފިޔާގެ ވައުޗަރެއް
  • 2 ވަނައަށް ހޮވޭ ފަރާތަކަށް 2,500 ރުފިޔާގެ ވައުޗަރެއް
  • 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1,500 ރުފިޔާގެ ވައުޗަރެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ދަރިވަރުންނަށް ބޭނުންވާ މުހިންމު ގިނަ ތަކެތިން ބޮޑެތި ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެއެވެ.

އަދި ވަކި ބާވަތްތަކަކުން 2 އުފެއްދުމެއް ގަތުމުން އެއް އުފެއްދުމެއް ހިލޭ ލިބުމުގެ ފުރުޞަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ނިމޭނީ 7 ސެޕްޓެންބަރު 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް