Advertisement

ޖިންސީ ގޯނާގެ މައްސަލައެއްގައި ޔޫކޭ ކޯޓަކުން ހުކުމްކުރީ ދިވެއްސަކަށް ނޫން

ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރީ ދިވެއްސަކަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ބުނާ “ސުންދަރަލިންގަމް ކޫޑަލިންގަމް” އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުންދާ ކަމަށެވެ.

Advertisement

މި މައްސަލައާ ގުޅިގެން ލަންޑަންގެ ކޯޓަކުން ހުކުމްކޮށްފައިވާ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ މީހެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެން ކަމުން މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާު ނުފެތުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ބޭރުގެ ބައެއް ނޫސްތަކާއި ރާއްޖޭގެ ނޫސްތަކުން ވެސް ވަނީ އެއީ ދިވެއްސެއް ކަމަށް ބުނެ ހަބަރު ފަތުރާފަ އެވެ. އެ މިހާ ޖިންސީ ގޯނާކުރީ އެ ގައުމުގެ އެކްޓްރެސް އަކަށް ކަަމަށާ އޭނާ ޖަލަށް ލާން ހުކުމްކުރީ ހަތަރު އަހަރަށް ކަމަށް ނޫސްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް