Advertisement

ރަނގަޅުކަމެއް ނޫންކަމަށް ޒަމީރު ވިދާޅުވެފައި ވަނިކޮށް ހައްޖު ކޯޕަރޭޝަނުން މާފުށީގައި ހޮޓަލެއް އަޅަނީ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ވިޔަފާރިކުރުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނިކޮށް އެ ކުންފުނިން ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ ފާރާތެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ވަނީ މާފުށީގައި ހޮޓާ އަޅާނީ “މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް” (އެމްއައިޓީ)ގެ ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށެވެ.

Advertisement

އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މި ހޮޓެލް އަމިއްލަ ހަރަދުގައި އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކަށް ފުރުސަތު އޮތްކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާން އެ ކޯޕަރޭޝަނުން ވަނީ މުއްދަތު ދީފައެވެ. ރަޖިސްޓްރީވުމަށްފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަންޖެހޭނެއެވެ. އަދި ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 11ވަނަ ދުވަހެވެ.

މާފުށީގައި ހޮޓަލެއް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަނުން ހާމަކުރިއެވެ. އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުމާ ދެކޮޅަށް ލަފާދެއްވައިފި ނަމަ، މިނިސްޓްރީގެ ލަފައަށް އެ ކޯޕަރޭޝަނުން ތަބާވާނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އޭރު ވިދާޅުވިއެވެ.

މަފުއްޓަކީ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް