Advertisement

ތެލެސީމިއާ ކުދިން ލިބޭ މީހުން ކައިވެނީގެ ކުރިން ޕްރޮގްރާމެއް ހަދަން ޖެހޭ ބިލު ފާސްކޮށްފި

ތެލެސީމިއާ ހުންނަ ދަރިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި އޮތް އިސްލާހު މިއަދު ފާސްކޮށްފިއެވެ.

އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނަސީރު ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ މިދިޔަ 23 ޖޫންގައެވެ.

Advertisement

ބިލު ދިރާސާ ކުރި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ވަނީ، ބިލު ދިރާސާކޮށް ނިންމައި މިއަދުގެ މަޖިލިސް ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހަޅާފަ އެވެ. ދޮޅު މަސްދުވަހު މި ބިލު އެ ކޮމިޓީގައި އޮތް އިރު ގެނެސްފައިވާ ހަމައެކަނި ބަދަލުތަކަކީ އިމްލާ ކުށްތައް އިސްލާހު ކުރުމެވެ.

ކޮމިޓީން ނިންމި ގޮތަށް މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓާ އެކުއެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން ތެލެސީމިއާ ހުންނަ ދަރިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިކުރާކަށް ނޯވެ އެވެ. ނަމަވެސް، ނަސީރުގެ އިސްލާހުގައި ވަނީ:

  • ރާއްޖޭގައި ކައިވެނިކުރަން އެދޭ ދެ ފަރާތުން ކައިވެނިކުރުމުގެ ހުއްދައަށް އެދި ކާވެނީގެ ރަޖިސްޓްރާއަށް ހުށަހަޅަންވާނީ ތެލެސީމިއާއަށް ޓެސްޓުކުރުމަށް ފަހު، އެ ޓެސްޓުގެ ނަތީޖާއާ އެކު
  • އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމަށްވާ ނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭން ވާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފަހު
  • އެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ހަދާ ގަވައިދުގައި، އެ ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭ ފަރާތްތަކާއި އޭގައި އެކުލެވެން ޖެހޭ ބައިތައް ހިމަނަން ވާނެ

މި ގަވައިދު ހެދުން އޮތީ، ބިލު މަޖިލީހުން ފާސްކޮށް ގެޒެޓް ކުރާ ދުވަހުން ފެށިގެން އެއް މަސްދުވަސް ތެރޭގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް