Advertisement

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރަށްފަހު އެނބުރި ރާއްޖެއަށް

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

މި ދަތުރުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.

Advertisement

މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަނީ ވަދައިގެންފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން  ސާޖިދާ މުހައްމަދު ވަނީ އިނގިރޭސިވިލާތަށްވެސް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް