Advertisement

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން 362 މިލިއަން ޑޮލަރު މާރުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ލާޒިމުކުރާ ޤާނޫނުގެ ދަށުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 362 މިލިއަން އެމެރިކާ ޑޮލަރު ބޭންކުތަކަށް މާރުކުރެވިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ހާމަވެފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް، ޖުމްލަ 362 މިލިއަން އެމެރިކާ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކުރެވިފައެވެ.

Advertisement

އެމްއެމްއޭއިން ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 88 މިލިއަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާއިރު، މި އަހަރުގެ މިހާތަނަށް ލޯނުތަކަށް 174 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެވިފައިވެއެވެ. މިއާއެކު، ލޯނު އަދާކުރެވޭ މިންވަރު ވަނީ 97 އިންސައްތައަށް އިތުރުވެފައެވެ. މީގެ އިތުރުން، ބޮންޑު އަދާކުރުމަށް 27.5 މިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުކުރެވިފައެވެ.

އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބޭރުފައިސާއާ ބެހޭ އައު ޤާނޫނު ތަންފީޛުކުރުމުގެ ކުރިން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން އެންމެ 10 އިންސައްތަ އެކަނި ބޭންކުތަކަށް މާރުކުރެވިފައިވެއެވެ. ނަމަވެސް، މި އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި އަދަދު ދެގުނަ އިތުރުވެ، 20 އިންސައްތައަށް އަރާފައިވާކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުންކުރެވެނީ ސަރުކާރުގެ އެކިއެކި ބޭނުންތަކަށާއި ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ 40 އިންސައްތަ، ކޮންމެ ހަފުތާއަކު އަނބުރާ ބޭންކުތަކަށް ވިއްކަމުން ގެންދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް