ވަގަށް ނަގާފައިވާ 69 ސައިކަލަކާއި 22 ފޯނެއް ފުލުހުންގެ މަސައްކަތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހޯދައިފިއެވެ.
ފުލުހުން މިއަދު އެކްސްގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފުލުހުންގެ މަސައްކަތުން ހޯދި 69 ސައިކަލުގެ ޖުމުލަ އަގަކީ 3،412،530 ރުފިޔާއެވެ. އަދި ފުލުހުން ހޯދި 22 ފޯނުގެ ޖުމުލަ އަގަކީ 213،932.80 ރުފިޔާއެވެ.
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާރޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ޖުލައި މަހުގެ ތަފާސް ހިސާބު pic.twitter.com/Oj8eQcevXF
— Maldives Police (@PoliceMv) August 5, 2025
ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖުލައި މަހުގައި ފައިސާއާ ގުޅުންހުރި 43 މައްސަލައެއްގައި 935،972 ރުފިޔާ ހޯދައިފައެވެ. ކަރަންޓު ސާމާނު ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 12 މައްސަލައެއްގައި 168،850 ރުފިޔާގެ ކަރަންޓު ސަމާނު ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެނިހެން 56 މައްސަލައެއްގައި 179،225.80 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ތަފާސްހިސާބުގައިވާ ގޮތުން ފުލުހުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި 41،574 ތަނެއް ޗެކްކޮށްފައެވެ. އަދި ފުޓް ޕެޓްރޯލިން 1،196 ގަޑިއިރާއި ހަ މިނިޓު ކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.
އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި 6،389 މީހުން ހުއްޓުވައި ސުވާލުކުރި އިރު، އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށާއި 244 މީހުންނަކީ ކުށުގެ ރިކޯޑް ނެތް މީހުން ކަމަށް ތަފާސްހިސާބުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު