Advertisement

ޖުލައި މަހު އެކަނި ވެސް ވައްކަމުގެ 277 މައްސަލަ

ފުލުހުންގެ އިދާރާއަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް، ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖުލައި މަހު ފުލުހުންނަށް ޖުމްލަ 849 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 277 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ.

Advertisement

ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، މިދިޔަ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދު ވަނީ ދަށްވެފައެވެ. ޖޫން މަހު ފުލުހުންނަށް 961 މައްސަލަ ހުށަހަޅާފައިވާއިރު، ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 849 އެވެ.

ޖުލައި މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 277 މައްސަލަ ހުށަހަޅާފައިވާއިރު، ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މަގުމަތީ އެކްސިޑެންޓުގެ 178 މައްސަލަ ޖުލައި މަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. މިފަދަ 163 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ޖުލައި މަހު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު:

  • ވައްކަމުގެ: 277 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓްގެ: 178 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ: 163 މައްސަލަ
  • އެއްޗެހި ގެއްލިގެން: 69 މައްސަލަ
  • އަނިޔާގެ: 42 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ: 37 މައްސަލަ
  • ގެވެށި އަނިޔާގެ: 28 މައްސަލަ
  • ޚިޔާނަތުގެ: 21 މައްސަލަ
  • ޖިންސީ ގޯނާ ކުރުމުގެ: 14 މައްސަލަ
  • ފޭރުމުގެ: 9 މައްސަލަ
  • ފޯޖް ކުރުމުގެ: 9 މައްސަލަ
  • ޗެކް ބައުންސްގެ: 2 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުށް މަދުކުރުމަށްޓަކައި މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ހާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. މާލޭ ސަރަޙައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަންވެސް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް