Advertisement

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ޖިނާއީ ކުށަކަށް ހަދަނީ

ނުރައްކާތެރި ގޮތެއްގައި އެއްގަމު އުޅަނދު ދުއްވުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހެއް ހުށަހެޅިއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 9/2014 (މަގުމަތީގައި ދުއްވާ އެއްޗެއްސާއި ބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރިއަށް ގެންދެވުނެވެ.

Advertisement

މެންބަރު މީކާއިލް ވިދާޅުވި ގޮތުގައި، މި އިޞްލާޙުގެ ސަބަބުން ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމާމެދު އިހުމާލުވެ އެއްގަމު އުޅަނދު ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާކުޑަކޮށް ކުރާ ޢަމަލު، މި އިޞްލާޙުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.
އަދި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް މި ބިލުން އިތުރުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެންބަރު މީކާއިލް އިތުރަށް ކަންބޮޑުވުން ފާޅުކުރެއްވީ، މިހާރު ޢަމަލުކުރެވޭ ގޮތުން މީހަކަށް އަނިޔާއެއް ނުލިބޭނަމަ ނުވަތަ މަރުނުވާނަމަ އެކަން ކުށެއްގެ ގޮތުގައި ނުބެލޭ ކަމަށެވެ. ނަމަވެސް މި ބިލުގެ ސަބަބުން މީހަކަށް އަނިޔާއެއް ވިޔަސް ނުވިޔަސް، މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވުމާއި، ނުރައްކާތެރި ގޮތަކަށް ދުއްވުން ފަދަ ހުރިހާ ޢަމަލަކަށްވެސް ވަކި އަދަބެއް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މެންބަރު ހުށަހެޅުއްވި ލަފައަކީ މި މައްސަލަތަކާ މެދު ހޭލުންތެރިކުރުމަށް ކައުންސިލްތަކުގެ ބަޖެޓުން ވަކި މިންވަރެއް ކަނޑައެޅުމަށެވެ.

މި ބިލުގެ ދަށުން ޤާނޫނުލްޢުޤޫބާތުގައި ކުށެއްގެ ގޮތުގައި އިތުރުކުރާ މާއްދާގައި ހިމެނެނީ ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާކުޑަކޮށް ކުރާ ޢަމަލެވެ.

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ކަނޑައެޅުމުގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

• އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ނުވަތަ މަގުމަތީގައި ދުއްވާ އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިހުމާލުވެ، ނުރައްކާތެރިކޮށް ދުއްވުން.
• ހުއްދަ ނުކުރާ ބާރުމިނުގައި ދުއްވުމާއި، ނުރައްކާތެރި ގޮތަކަށް އޯވަޓޭކް ކުރުމާއި، ލައިސަންސް ނެތި ދުއްވުމާއި ޤާނޫނާ ޚިލާފު އެހެނިހެން ގޮތްގޮތަށް ދުއްވުން.
• ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކުގައި ކަނޑައެޅިފައިވާ އެންމެ މަތީ ބާރުމިނަށްވުރެ އިތުރަށް ބާރުމިން އިތުރުކޮށްގެން ދުއްވުން.

މި އިސްލާހުގެ ދަށުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ކަނޑައެޅިފައިވަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، މަގުމަތީގެ ރައްކާތެރިކަން އިތުރުވެ، ނުރައްކާތެރި ގޮތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ދިމާވާ ހާދިސާތައް މަދުވެގެންދާނެ ކަމަށް އުންމީދުމީދުކުރެވެއެވެ. އަދި މިފަދަ ޢަމަލުތަކަށް ޤާނޫނީ ގޮތުން އަދަބު ކަނޑައެޅުމުގެ ސަބަބުން، މަގުމަތީގައި ދުއްވާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުވެ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އިސްލާހާ ގުޅިގެން ކައުންސިލްތަކުގެ ބަޖެޓުން ވަކި މިންވަރެއް މި މައްސަލަތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ޚަރަދުކުރުމަށް ހުށަހެޅިފައިވާ ހުށަހެޅުމަކީ، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައި މި މައްސަލައާ ގުޅޭ ހޭލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް