Advertisement

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ސާޖިދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ މަޤާމަށް އިސްމާޢީލް ސާޖިދު ޢައްޔަނުކުރައްވައިފިއެވެ.

އެމްއެމްއޭއިން މިއަދު ހާމަކުރެއްވި ގޮތުގައި، މި ބަދަލަކީ އިދާރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަމުންދާ އޮނިގަނޑުގެ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. އަދި ސާޖިދު އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފައްޓަވާނީ މާދަމާއިން ފެށިގެންކަމަށް އެމްއެމްއޭއިން އިތުރަށް ވިދާޅުވިއެވެ.

Advertisement

މި ބަދަލު ގެނެވިފައިވަނީ، ކުރިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަޝްރަފް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ އިސްވެރިޔާގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، އަޝްރަފް އައު މަޤާމަށް ބަދަލުކުރެއްވީ ފާއިތުވި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންނަމަވެސް، އަޝްރަފްގެ މަޤާމު ބަދަލުކުރެވިފައިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީއެންސީ) ގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢުއާ ގުޅޭގޮތުން، ކޮރަޕްޝަނާއި ނާޖާއިޒު މުއްސަނދިކަން ހޯދުމުގެ ތުހުމަތުތަކެއް ހިމެނޭ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން (އެފްއައިޔޫ) ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހާމަވެފައިވަނިކޮށެވެ.

މިއީ އެފްއައިޔޫގެ އިސްވެރިޔާގެ މަޤާމުން އަޝްރަފު ދުރުކުރެވުނު ދެވަނަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް