Advertisement

އަހަރުގެ މިހާތަނަށް އާސަންދައަށް 1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަހަރުގެ މިހާތަނަށް އާސަންދައިގެ ޚަރަދުތަކުގައި ފާހަގަކުރެވޭ އިތުރުވުމެއް ވަނީ ފެނިފައެވެ.

މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ ހަފްތާގެ މާލީ ކުރިއެރުމުގެ ރިޕޯޓުގައި ހާމަކމަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން އާސަންދައަށް ޚަރަދުކޮށްފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.

Advertisement

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މިހާރު އާސަންދައަށް ކަނޑައެޅިފައިވާ ބަޖެޓުގައި ބާކީ އޮތީ ގާތްގަނޑަކަށް ހަތް ސަތޭކަ މިލިއަން ރުފިޔާއެވެ.
ހަފްތާގެ މާލީ ކުރިއެރުމުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅާބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. މިގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 3.5 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 61.4 އިންސައްތައިން ދަށްވެފައެވެ.

ރިކަރަންޓް ޚަރަދުގެ 58.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.9 އިންސައްތަ ދަށް އަދަދެކެވެ. މީގެ ތެރޭގައި، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 66.6 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 16.4 އިންސައްތައިން ދަށްވެފައެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 8.0 އިންސައްތައިން ދަށްވެފައެވެ. މީގެއިތުރުން، ދައުލަތުން ފޯރުކޮށްދޭ އެކިއެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅާބަލާއިރު 6.5 އިންސައްތައިން ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް