Advertisement

އިންފްލޭޝަން 40 ގުނަ އިތުރުވެއްޖެ, ތަކެތީގެ އަގު ބޮޑުވާނީ!

ރާއްޖޭގެ ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި ކުލީގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އުފުލިއްޖެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ. މި ދެ ދާއިރާގެ އަގުތައް މިވަނީ 29 ޕަސެންޓަށް އުފުލިފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، ރާއްޖޭގައި އެންމެ ބޮޑަށް އިންފްލޭޝަން އުފުލިފައިވަނީ ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި ކުލީގެ ދާއިރާއިންނެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އިންފްލޭޝަން އެވްރެޖުކޮށް ހުރީ 29.5 ޕަސެންޓުގައެވެ. އަދި ދެވަނަ ކުއާޓާގައި (އޭޕްރީލް، މެއި، ޖޫން) އިންފްލޭޝަން ހުރީ 29.4 ޕަސެންޓުގައެވެ.

Advertisement

މި އަދަދުތަކަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 40 ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު އެ ދާއިރާތަކުގެ އިންފްލޭޝަން ހުރީ އެންމެ 0.7 ޕަސެންޓުގައެވެ. ރެސްޓޯރެންޓްތަކުން ވިއްކާ ކާބޯތަކެއްޗާއި ކުލީގެ އަގުތައް އުފުލެން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ދެ ދާއިރާއިން އަގުތައް ދިޔައީ އުފުލެމުންނެވެ.

މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައެވެ. އަދި ކާބޯތަކެއްޗަށް އައިސްފައިވާ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް