Advertisement

މުވައްޒަފުންނަށް ޚާއްސަކޮށްގެން ހަކުރު ބައްޔަށް މައުލޫމާތު ދިނުމާއި ސްކްރީނިންގ ޕްރޮގްރާމެއް

ހަކުރު ބައްޔަށް މައުލޫމާތު ދިނުމާއި ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނަންގަވައިދެއްވީ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިންނެވެ.

Advertisement

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ހަކުރު ޗެކްކުރުމާއި ބްލަޑް ޕްރެޝަރު ބެލުމާއި އިސްކޮޅު އަދި ބަރުދަން ބެލުން ހިމެނެއެވެ. އަދި ހަކުރުބައްޔާ ގުޅޭ އެކި މައުލޫމާތު ހިއްސާކޮށްފައިވާއިރު، ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އަދި ބައްޔަށް ފަރުވާކުރަމުން އަންނަ އިރު، މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގައި، ނުވަތަ ލޭގައި ގުލްކޯޒް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުމުންޖެހޭ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ އިންސިއުލިން ހަށިގަނޑުގައި އުފައްދާ މިންވަރު މަދުވުމުން ނުވަތަ އެ އިންސިއުލިން މަސައްކަތް ނުކުރުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ހަކުރުގެ މިންވަރު އިތުރުވެއެވެ.

ހަކުރު ބަލި ހުންނަ މީހަކު އާއިލާގައި ހުންނަ ނަމަ އެބަލި އާއިލާގެ އެހެން މީހުންނަށް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަކުރު ބަލި ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މާބޮޑަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުންވެސް ހިމެނެއެވެ. އަދި ދިރިއުޅުމުގެ އާދަތައް ހުންނަގޮތުންވެސް މި ބައްޔަށް މަގުފަހިވެއެވެ. އެގޮތުން މާގިނައިން ކެއުމާއި، ހެލިފެލިވެ ނުއުޅުމާއި، މާގިނައިން ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ހަކުރު ބަލިޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް