Advertisement

“ހާލު ކިހިނެއް؟” ޕްރޮގްރާމް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފި

ރައްޔިތުންގެ އިޖުތިމާއީ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ “ހާލު ކިހިނެއް؟” ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގެ މަގްސަދަކީ ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement

މި ޕްރޮގްރާމް އެންމެ ފަހުން ހިނގާފައިވަނީ ދ. އަތޮޅުގައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ނައިބު މަރްޔަމް ލަހުފާ ވިދާޅުވީ، “ހާލު ކިހިނެއް؟” ޕްރޮގުރާމްގައި، ނާޒުކު ހާލަތްތަކުގައި އުޅޭކަމަށް ދެނެގަނެވޭ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އެގޮތުން އެފަދަ އާއިލާތަކުގައި އުޅޭ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ކުރު ކޯސްތައް ހިންގުމުގެ މަސައްކަތް ކުރަމުންދާކަމަށް ލަހުފާ ވިދާޅުވިއެވެ.

“މިހާރު މި ކުރިއަށް މިގެންދަނީ އެ ރަށްރަށުގައި ނާޒުކު ހާލަތްތަކުގައި އުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސަައްކަތްތައް. މި މަސައްކަތްތައް ކުރިއަށް މިގެންދަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ގުޅުންހުރި މުއައްސަސާތަކާއި އެކުގައި.” ލަހުފާ ވިދާޅުވިއެވެ.

ލަހުފާ ވިދާޅުވީ މި އަހަރުގެ ތެރޭގައި މ، ވ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް “ހާލު ކިހިނެއް؟” ޕްރޮގުރާމް ފަށްޓަވާނެ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި ޕްރޮގުރާމް ހިންގުންކަމަށްވެސް ލަހުފާ ވިދާޅުވިއެވެ.

“ހާލު ކިހިނެއް؟” ޕްރޮގުރާމް މިހާތަނަށް ކުރިއަށް ނުގެންދާ ރަށެއް ނުވަތަ އަތޮޅެއްގައި، ނާޒުކު ހާލަތެއްގައި ދިރިއުޅެން ޖެހިފައިވާނަމަ އެކަން އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1433 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ މިނިސްޓްރީން ވަނީ އެދިވަޑައިގަންނަވާފަ އެވެ. އަދި އެފަދަ ގޭބިސީތަކަށް ޒިޔާރަތްކޮށް، ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ދިނެވެ.

މިހާތަނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ގިނަ އަތޮޅުތަކެއްގައި ވަނީ “ހާލު ކިހިނެއް؟” ޕްރޮގުރާމް ކުރިއަށްގެންގޮސްފަ އެވެ. އަދި މި ޕްރޮގްރާމް މިއަހަރުގެ ޑިސެންބަރު މަހުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފެށުމުގެ މަސަައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން އާންމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި، ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތައް، އާންމުންގެ ފަރާތުން ހުށައަޅާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި