Advertisement

ފިޔާ ޝިޕްމަންޓެއް އެސްޓީއޯއިން ގެންނަނީ

މާލޭ ބާޒާރުގައި ފިޔާލިބުން މިވަގުތަށް ދަތިވުމާ ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބާޒާރުގައި ފިޔާލިބުން ދަތިވުމާ ގުޅިގެން ފިޔާގެ ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ފަށާފައިވާކަމަށެވެ. މާލޭ ބާޒާރުމަތިން މިވަގުތަށް ފިޔާ ވަނީ ހުސްވެފައެވެ

Advertisement

އަހަރުތަކުގައިވެސް ބާޒާރުގައި ފިޔާ ލިބުން ދަތިވުމާ ގުޅިގެން އެސްޓީއޯއިން ވަނީ ފިޔާ ޝިޕްމަންޓެއް ގެނެސް ފިޔާ ލިބުމުގެ ދަތިކަމަށް ހައްލެއް ގެނެސްފައެވެ. އާއްމު ގޮތެއްގައި އެސްޓީއޯއިން ފިޔާ އަލުވި އަދި ބިސް އެތެރެ ނުކުރިނަމަވެސް، ރޯދަމަހު އެތަކެތީގެ ޑިމާންޑް ބޮޑުވާތީވެ، އެކުންފުނިން އެތަކެތި ރާއްޖެ ގެނެސް ވިއްކައެވެ.

އަމިއްލަ ފަރާތަކުން މާލޭ ވިޔަފާރިބަނދަރަށް ފިޔާ ޝިޕްމަންޓެއް ގެނެސްފައި އޮތްނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ޝިޕްމަންޓް އަދި ކްލިއާ ނުކުރެވޭކަމަށް މައުލޫމާތު ލިބެއެވެ.

ބާޒާރުމަތިން ފިޔާ ހުސްވިއިރު އެއްގަމުގެ ބައެއް ފިހާރަތަކުން ފިޔާގެ އަގު ބޮޑުކުރަމުންދާކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި