Advertisement

އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވަނީ

އަންނަ މަހު ހުޅުމާލެ ހޮސްޕިޓަލް ވެސް އައިނު ފިހާރަ ހުޅުވާނެ ކަަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާ ހިލޭ އައިނު ހެއްދޭނެ އިންތިޒާމު މިއަދު ވަނީ ހަމަޖައްސައިފައެވެ. އެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން އާސަންދައިން ކަވަރު ކުރާ 2000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

Advertisement

އަދި ވިދާޅުވީ އަންނަ މަހު ހުޅުމާލޭގައި އައިނު ފިހާރަ ހުޅުވާ ހިދުމަތްދޭން ފަށާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ ރީޖަނަލް ހޮސްޕިޓަލްގައި ވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުން ބޮޑުއަގުގައި ނަމްބަރުއައިނު ހައްދަމުންގެންދާ މައްސަލަ ހައްލު ކުރުމަށް އާސަންދައިގެ ފަރާތުން ކަވާ ކޮށްދެމުން އަންނަ 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި އައިނު ހެއްދުމަށް 36000 އަށްވުރެ ގިނަ މީހުންނަށް އާސަންދައިގެ ތެރެއިން 36 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައެވެ. އައިނުގެ ހިދުމަތްދޭ އަމިއްލަ ތަންތަނުން ވަރަށް ބޮޑު މާލީ މަންފާއެއް ހޯދަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް