Advertisement

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ކޯޓު އިމާރާތް ހުޅުވައިފިއެވެ.

Advertisement

މި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޖޫޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މަޤާމުން ރިޓޔަރ ކުރެއްވި، ނ.ޢ.ޢ.ވ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. ފިލާ ޙަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާއެވެ.

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި ދެ ކޯޓެއް ޝަރީޢަތްތައް ކުރިއަށް ގެންދަން ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. ޖަސްޓިސް ބިލްޑިންގް އެނެކްސްއެއް ގޮތުގައި ހުޅުމާލޭގައި ހުޅުވި މި އިމާރާތުގައި ހިންގާނީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓެވެ.

މިތަނުގައި 15 ކޯޓު ރޫމް ޤާއިމްކޮށްފައިވެއެވެ. މިތަނުގައި 17 ފަނޑިޔާރުން ތިއްބަވާއިރު، އޭގެ ތެރެއިން 5 ފަންޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަންޑިޔާރުންނެވެ. ބާކީ 12 ފަނޑިޔާރުންނަކީ ޑްރަގް ކޯޓުގެ ފަނޑިޔާރުންނެވެ. މިތަނުގައި ފަނޑިޔާރުންނަށް ހާއްސަ ބިއުރޯއެއް ޤާއިމްކޮށްފައިވާއިރު އިތުރު ސެކްޝަންތައްވެސް މިތަނުގައި ހިންގާނެއެވެ. އަދި ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ހާއްސަ ރޫމްތަކެއް މިތަނުގައި ޤާއިމްކުރެވިފައިވާނެއެވެ. މީގެ އިތުރުންވެސް ޝަރީޢަތް ހިންގުމަށް ބޭނުންވާ އެކި ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.

މިތަނުގައި ފުރަތަމަ ޝަރީޢަތް ތާވަލްކޮށްފައިވަނީ މިއަދު 4:30 ގައި ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބަނދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ އެ 2 ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ. މިމަސައްކަތް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީންނެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިވަގުތު ހުޅުމާލޭގައި ކްރިމިނަލް ކޯޓުވެސް ހިންގަމުންދާއިރު، އައު ސޫޕިރިއަރ ކޯޓުތަކުގެ ކޮމްޕެލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް