އއ. މާޅޮހު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހުން ފިހިއްޖެއެވެ.
ފުލުހުން ދެންމެ ބުނިގޮތުގައި މިރޭ 8:45 ހާއިރު އެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީންނަށް ކަމަށާއި އެމީހުންނަށް މިހާރު މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ދޯނީގައި ގޮވީ ކޯން އެއްޗެއް ކަމެއް އަދި އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު