Advertisement

ނަޝީދަކީ ރާއްޖެ-އިންޑިއާ ދެމެދު އޮންނަ ގުޅުމުގެ އަގުހުރި ތަނބެއް: މޯދީ

ރައީސް މުހައްމަދު ނަޝީދަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް، އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކުރުނބާ މޯލްޑިވްސްގައި މޯދީ ވަނީ ނަޝީދާ ބައްދަލުކުރައްވާފައެވެ.

Advertisement

މޯދީ ދިވެހިބަހުން ލިޔުއްވާފައިވާ ގޮތުގައި ނަޝީދަކީ “ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު” ބޭފުޅެއް ކަމަށެވެ. ސިޔާސީ ލީޑަރުންގެ ތެރެއިން އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ބޭފުޅަކީ ނަޝީދު ކަމަށް ބެލެވެއެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ޑިފޯލްޓުން ސަލާމަތް ކޮށްދިނީ އިންޑިއާއިންނެވެ. ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީ ސަރުކާރާއި އެންމެފަހުން ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް އެންމެ ބޮޑަށް އެހީތެރިކަން ދިން ބޭރު ގައުމަކީ އިންޑިއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް