Advertisement

މާދަމާ މާލޭގެ ގެތަކުގެ ކުނި ވެމްކޯއިން ނަގާނީ މެންދުރު ދޭކުން އިރުއޮއްސި ހަޔަކާއި ހަމައަށް!

މާލޭގެ ގޭބިސީތަކުން މާދަމާ ކުނި ނަގާނެ ވަގުތައް ބަދަލުގެނެސްފައިވާކަން ވެމްކޯއިން ހާމަކޮށްފިއެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކަތްތަކާ ގުޅިގެން މާލޭގައި އެ ކޯޕަރޭޝަނުން ދެމުންދާ ކަލެކްޝަން ހިދުމަތް މާދަމާ ދެމުންދާނީ 14:00 ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ކަމަށެވެ.

Advertisement

އެގޮތުން މި ބަދަލާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފައް އެދުމާއިއެކު އެކުންފުނީން ވަނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައި އެވެ.

ވެމްކޯއިން އާންމުކޮށް ކުނި ނެގުމުގެ މަސައްކަތް ކުރަނީ ހަވީރާއި ރޭގަނޑު އެވެ. ނަމަވެސް މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާދަމާ އިރުއޮއްސި 18:30 އިން 00:00 އަށް މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައި އެވެ.

މާދަމާރޭ މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފައިވަނި މިނިވަން ދުވަހުގެ ފުޅަނދުބުރު ކުރިޔަށްގެންދިޔުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި