Advertisement

ދިގު މުއްދަތަކަށް ބަންދުކުރާ ކުދިންގެ މަރުކަޒު ހުޅުވައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ގާއިމުކުރި ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވައިފި އެވެ.

ހިންމަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި މި ފެސިލިޓީ ހުޅުވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންއެވެ.

Advertisement


މި ފެސިލިޓީއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާނޫނުން ލާޒިމުކުރާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ހާއްސަކޮށް ގާއިމުކުރި “ޖުވެނައިލް ޑިޓެންޝަން ސެންޓަރު” ޖެނުއަރީ 30، 2022 ގައި ހުޅުވާފައެވެ.

ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީގައި ތިބޭ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިން އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިން ދިނުމާއި ލައިފް ސްކިލްސް ކިޔަވައިދެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމު ކުރާ މަރުކަޒުތަކުގެ ތެރެއިން ގާއިމު ނުވެ އޮތް ޖުވެނައިލް ލޯންގްޓާމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޒު ކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް