Advertisement

މޯލްޑިވިއަން އިން ޓިކެޓު ބުކިން ހަދާއިރު އައިޑީގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފިއެވެ.

އެ ކުންފުނިން ވިދާޅުވީ އަންނަ މަހުން ފެށިގެން ޓިކެޓު ބުކްކުރާއިރު، އައިޑީކާޑު ނުވަތަ ޕާސްޕާޓު ކޮޕީއެއް ބޭނުންނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރުމުން ޓިކެޓަށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ.

Advertisement

ނަމަވެސް، އެ މައުލޫމާތުތަކުގައި މައްސަލައެއް އުޅޭ ނަމަ އީމެއިލް މެދުވެރިކޮށް ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރު 1671 އަށް ގުޅައި ހިއްސާ ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. އައިލޭންޑް އޭވިއޭޝަނުން ވިދާޅުވީ ޓިކެޓު ބުކިން ޕްރޮސެސްއަށް ބަދަލުތަކެއް ގެނައީ ކަސްޓަމަރުންގެ ޕްރައިވަސީ ރައްކާތެރިކުރުމާއި ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ދަތުރުކުރާއިރު މިހާރެކޭ ވެސް އެއްގޮތަށް މުއްދަތު ހަމަނުވާ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓު އަތުގައި އޮންނަން ޖެހޭނެއެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ރާއްޖޭގެ 18 މަންޒިލް އަދި ބޭރުގެ ހަތް މަންޒިލަކަށް ދަތުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް