Advertisement

އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަނީ

މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އޯޕީޑީ ވޯކްވޭ ސަރަހައްދު ބަންދުކުރާތީ މިރޭ 9:00 އިން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް ގެންނަ ބަދަލުތައް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

Advertisement

އެ ގޮތުން އައިޖީއެމްއެޗްގެ ގޭޓް 1 އާންމުންނަށް ބަންދުކުރެވޭއިރު ހޮސްޕިޓަލަށް ވަނުމަށް ބޭނުން ކުރެވޭނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޑައިލިސިސް ސެންޓަރަށް އަންނަ މީހުން އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ސްޓްރޯކް ސެންޓަރު އީއެންޓީ ވޯޑްގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި