ސްކޫލް ތަކުގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ދީ، ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީ މިއަދު ފަށައިފިއެވެ.
ގިނަ ދަރިވަރުންގެ ފުރަތަމަ ޓާމުގެ އިމްތިހާން މިދިޔަ ހޯމަ ދުވަހު ވަނީ ނިމިފައެވެ. ނަމަވެސް ހުރިހާ ދަރިވަރުންނަށްވެސް ރިޕޯޓު ދޭނީ މިއަދުއެވެ. އެއާއެކު ދެން ދަރިވަރުންނަށް ލިބޭނީ 16 ދުވަހުގެ ޗުއްޓީއެކެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދެން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ކިޔަވަމުން އެބަދެއެވެ. އަދި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި މަސައްކަތްކުރެއެވެ.
ސްކޫލްތަކުގެ ޗުއްޓީ މިއަދު ފެށުނުއިރު، މި ފަހަރުގެ މިނިވަން ދުވަސްވެސް ވަންނަނީ ޗުއްޓީ ތެރެއަށެވެ.


ކިޔުންތެރިންގެ ހިޔާލު