Advertisement

ހަވީރު 6ގެ ކުރިން ގްރީން ޒޯން ސަރަޙައްދުން ވެހިކަލްތައް ނެގުމަށް ފުލުހުން އަންގައިފި

މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ގްރީން ޒޯން ހިމެނޭ ސަރަޙައްދުގައި ޕާކުކޮށްފައިހުރި ވެހިކަލްތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

ވެހިކަލް ނެގުމަށް އަންގާފައިވާ ސަރަޙައްދުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއިން ފެށިގެން ލޯކަލް މަރުކޭޓާ ހިސާބަށް ހިމެނެއެވެ. އަދި އަމީރު އަޙުމަދު މަގާއި، މެދުޒިޔާރަތް މަގާއި، ރައްޔިތުންގެ މަޖިލިސް ވަށައިގެންވާ މަގުތައްވެސް ހިމެނެއެވެ. މީގެއިތުރުން ޗާންދަނީ މަގާއި ލިލީ މަގުން ބައެއްވެސް ވަނީ ހިމަނާފައެވެ.

Advertisement

ވެހިކަލްތައް ނަގަންޖެހޭ ސަރަޙައްދުތައް އަންގައިދިނުމުގެ ގޮތުން ފުލުހުން ވަނީ އެ މަގުތައް ފާހަގަވާ ޗާޓެއް ވެސް އާންމުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ހަވީރު 6 ޖަހާއިރު އެ ސަރަޙައްދުން ނުނަގާ ހުރި ވެހިކަލްތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންދާނެއެވެ.

އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ވާހަކަ ދަންނަވަން.

ފުލުހުންގެ މެސެޖުގައި ވެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކާ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި މަގުތަކުގައި އާއްމުންނަށް ބައިވެރިވެވޭގޮތަށް ހިންގާ ގިނަ ހަރަކާތްތައްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް