ރައީސް ޑރ. މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެލިދޫއަށް ވަޑައިގެންފިއެވެ.
ރައީސް ވެލިދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ވެލިދޫގައި 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެލިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުންވެސް މިދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ނ. ވެލިދޫ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެމަނިކުފާނު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު