Advertisement

ކޮންމެ އަށަކުން އެއްމައްސަލައަކީ ޖިންސީގޯނާގެ މައްސަލައެއް: ޝިރާނީ

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅޭ ކޮންމެ 8 މައްސަލައަކުން 1 މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެއްކަމަށް އެ އޮތޯރިޓީިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ސީއީއޯ އައިމިނަތް ޝިރާނީ ނައީމު މިއަދު ވިދާޅުވީ، އެކަމުންވެސް ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ކަންބޮޑުވާ މިންވަރުގައި އޮތްކަން ދޭހަވާ ކަމަށެވެ.

Advertisement

ޝިރާނީ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގެވެށި އަނިޔާ ހުއްޓުވިފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެފަދަ ގޯނާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ސަރުކާރާއި ޖަމިއްޔާތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަހާސިންތާއެއް ބާއްވާފައިވާކަމަށާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމާބެހޭގޮތުން އެކި ފަރާތްތަކާއެކު އަށްޑިހައަށްވުރެ ގިނަ ބައްދަލުވުން ބާއްވާފައިވާކަމަށް ވިދާޅުވިއެވެ.

“ގެވެށި އަނިޔާގެ މައްސަލަތަކު ރިފަރަލް ޕާތްވޭއެއް ގާއިމްކޮށް ޖަމިއްޔާތަކުން ލިބިދޭ ހިދުމަތްތައް އެ ޕާތްވޭއަށް ވަނީ އިތުރުވެސް ކުރެވިފައި،”

މީގެ އިތުރުން ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއި، ކުރިއަށް ރާވާފައި ހުރި ކަންތައްތަކުގެ މައުލޫމާތުވެސް ޝިރާނީ ވަނީ ކޮމިޓީއާ ހިއްްސާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް