Advertisement

ވެރިކަން ފެށުނުއިރު، ގިނަ ރަށްތަކުގެ ލެބޯޓްރީ ތަކުން އެންމެ އާދައިގެ ޓެސްޓްތައްވެސް ނުހެދޭ

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ހުރި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި ހުރި ލެބޯރަޓަރީ ތަކުން އާދައިގެ ޓެސްޓްތައްވެސް ނުހެދޭ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ނ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ފޮއްދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު އެންމެ މުހިންމު ސަމާލުކަމެއް ދެއްވަނީ ސިއްހީދާއިރާ ވަރުގަދަ ކުރައްވަން ކަމަށެވެ.

Advertisement

ރަށްރަށުގައި ވަރަށް ހާލުދަށްކޮށް ސިއްހީ ދާއިރާ އޮތީ. ގިނަ ރަށްތަކުގައި ނެތް އާދައިގެ ޓެސްޓުތައްވެސް ހެދެން. އަދި މިހެންގޮސް ވަރަށް ގިނަ ކަންކަން ގޯސްކޮށްހުރީ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ފޮއްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން— ފޮޓޯ:ރައީސް އޮފީސް

ކަންމިހެން ހުރުމުން، މިއަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން، ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންކަން ކުރެވޭނެ ކަމަށާ، އެގޮތުން، ރަށްރަށުގެ ލެބޯޓެރީގެ ޚިދުމަތް ރަނގަޅު ކުރުމާއި، ވަސީލަތްތައް ފުރިހަމަކޮށް، އުމްރާނީގޮތުން ޖާގަ އިތުރުކޮށް، މުވައްޒަފުން އިތުރުކޮށް ވަށާޖެހޭ ގޮތަށް ޚިދުމަތް ރަނގަޅު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަސައްކަތުގެ ތެރެއިން، މިއަދު ފޮއްދޫގައި ބިންގާ އެޅިގެންދިޔަ ހެލްތު ސެންޓަރުގެ އައު އިމާރާތަކީ، ލެބޯޓެރީގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ތަނަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހުރުހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތެއް ހޯދައިދެއްވުން ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވުމަކީ އަމާޒު ކަމަށާ، އެކަމުގައި ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ފޮއްދޫގެ ބަނދަރުގެ މަސައްކަތާއި، ޕޮލިސް ސްޓޭޝަންގެ ބިންގާވެސް މިއަދު އެޅިގެންގޮސްފައިވާއިރު، އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލެވި ޚިދުމަތްތަކުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް