Advertisement

ފޮއްދުއަށް ތަރައްޤީގެ އެތައް މަަޝްރޫއެއް!

ރައީސް ޑރ. މުޢިއްޒު، ފޮއްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި މިހާރު ތަރައްޤީކުރަންފަށާ ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތަކާއި ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މުހިންމުކަމާއި ސްކޫލަށް އިތުރު މުވައްޒަފުން ބޭނުންވުން ހިމެނެއެވެ. އަދި ރަށުގެ ބައު އިންޖީނުގެ ހުރި ބިން އަނބުރާ ކައުންސިލާއި ހަވާލުކުރުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން، ރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އ.ތ.މ ކޮމިޓީއިން ވަނީ ރަށް ސާފުކުރުމަށް ބޮޑު ސަރަހައްދެއް އޮންނައިރު އެކަނބަލުންނަށް ލިބޭ އުޖޫރައިގެ ދަތިކަމުގެ އިތުރުން ރަށުގެ ފުޓްސަލް ދަނޑު ކުޑަވުމުން، ދަނޑު ބޮޑުކުރަން ބޭނުންވާކަން ހިއްސާކުރައްވާފައެވެ. މީގެއިތުރުން ރަށުގެ ޞިއްޙީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގައި ޕޮއިންޓް އޮފް ކެއަރ ގާއިމުކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

Advertisement

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް