Advertisement

ރައީސް ނ. މާޅެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ނ. މާޅެންދޫގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށް ގޮސްފައިވަނީ ކޯޓުގެ އަމުރެއް އޮތުމާއި ގުޅިގެން ކަމަށް ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިއެވެ.

Advertisement

އެގޮތުން ރައީސް ވިދާޅުވީ އެއަތޮޅު ތޮޅެންދޫއަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަަކީ އެމަނިކުފާނުވެސް ބޭނުންފުޅުވާ ގޮތް ކަމަށާއި ނަމަވެސް އެކަން ކުރަން ބަލާއިރު އެކަމަށް ތާށި ކަމެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން އެރަށާއި ގުޅޭ މައްސަލައެއް ކޯޓު މަރުހަލާގައި އެބަ އޮތް ކަމަށާއި ކޯޓު އަމުރެއްވެސް އެކަމުގައި އޮތް ކަމަށެވެ. އަދި އެމައްސަލައަކީ ނ އަތޮޅު ކައުންސިލުން ކޯޓަށް ހުށަހަޅައިގެން ކުރިޔަށްގެންދާ މައްސަލައެއް ކަން ރައީސް ހާމަކުރެއްވިއެވެ.

މި މައްސަލަ ނުހިނގާ އޮތީ އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރުނުވާތީ ކަމަށާއި އެހެން ކަމުން މާޅެންދޫގެ ބައެއް ގޮތުގައި ތޮޅެންދޫ ހަމަޖެއްސުމުގައި ހުރަސްކުރިމަތިކުރުވާފައިވަނީ އަތޮޅު ކައުންސިލުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއާއިއެކު މިކަމަށް ހައްލެއް ގެނައުމަށްޓަކައި މިހާރު ބަންޑާރަ ނައިބަށް އެކަމުގައި ކުރިޔަށްދާނެ މަގެއް ހޯދުމަށް އިރުޝާދު ދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

” އޭޖީއަށް މިހާރު ދަންނަވާފައިވަނީ މި ދެންނެވި މަރުހަލާއިން ސަލާމަތްކޮށް އެރަށް ތިޔަބޭފުޅުންނާއި ހަވާލުކުރެވޭނެ ގޮތެއް ފެނޭތޯ ބަލަން ” މާޅެންދޫގައި ދެއްކެވި ވާހަަކަފުޅުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުވުމަށް މިއަހަރު ކުރީ ކޮޅުވެސް މަސައްކަތް ކުރެއްވި ކަމަށާއި އެފަަހަރު އެކަން ނުވުމުން މިއަދު އެރަށަށް ވަޑައިގަތުމުގެ ކުރީން ވެސް އެކަން ހަމަޖެއްސޭތޯ ބެއްލެވި ނަމަވެސް އަދިވެސް މައްސަލަ ކޯޓުގައި އޮތުމުން އެވައުދު އަދި ފުއްދިފައި ނުވަނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް