Advertisement

ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ދިވެހި 10 ފުލުހަކު ފުރިހަމަކޮށްފި

އިންޑިއާގެ ނޮއިޑާ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ‘’ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން” ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ 10 ބޮޑީގާޑުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.

ފުލުހުން ބުނީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނަކީ އިންޑިޔާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެއް ކަމަށެވެ. މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ފޮޓޯ: މޯލްޑޮވްސް ޕޮލިސް ސަރވިސް

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ޑިރެކްޓަރު ޖެނަރަލް އޮފް ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓާޕް ސިންޙެ ވިދާޅުވީ މި ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިން ވަރަށް ރަނގަޅުކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވަނީ މި ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

މި ތަމްރީނުގެ ބައިވެރިންގެ ފަރާތުން، ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ވެސް ދިވެހި ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް