Advertisement

ނ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ނ.އަތޮޅު ގޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ނ.މަނަދޫއަށް ކުރެެއްވި ޒިޔާރަތުގެ ތެރެއިން އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލެތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އާއި އެމްޓީސީސީގެ ސީއީއޯ/އެމްޑީ ރިޓަޔަޑް އަހުމަދު ސައުދީ އެވެ.

Advertisement

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތަރައްޤީކުރުމަށް ނިންމާފައިވާ ނ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތަކީ 50 އެނދު ހިމެނޭ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީން ބުނެފައިވަނީ މަނަދޫގައި ތަރައްޤީކުރާ ނ.އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފައިވަނީ ފުރިހަމަ ޒަމާނީވަސީލަތްތަކާ އެކުގައިކަމަށެވެ. މި ހޮސްޕިޓަލްގެ ހިދުމަތް ފަށާއިރު އައު ހިދުމަތްތައްވެސް ތައާރަފްކުރާނޭކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ނ.އަތޮޅުގެ އަތޮޅު ހޮސްޕިތަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރާނީ ސަރުކާރާއި ދިވެހި ރައްޔިތުން ހިއްސާ އޮންނަ އެމްޓީސީސީންނެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގެ ރީޒަނަލް ހޮސްޕިޓަލްތައް ތަރައްޤީކޮށް އައު ހިދުމަތްތައް ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް