ނ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.
އެ ރަށުގައި މި ހިދުމަތް ފަށާފައި ވަނީ ރޭ އޮތް ބައްދަލްވުމުގައެވެ. މި ބައްދަލްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވެވި ބައްދަލްވުމެކެވެ.
މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާންއެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ޕާސްޕޯޓް ވަނީ މަނަދޫގެ ރައްޔިތަކަށް ދޫކޮށްފައެވެ. އެ ޕާސްޕޯޓް, އެ ފަރާތާ ހަވާލު ކޮށްދެއްވީ މިނިސްޓަރު އިހްސާންއެވެ.
މި އަހަރު ނިމުމުގެ ކުރީން ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެވެ.


ކިޔުންތެރިންގެ ހިޔާލު