Advertisement

މިނިވަން 60 ލޯގޯ ފަރުމާކޮށް އެއްވަނައަށް ހޮވުނު ފަރުމާވެރިޔާއަށް އިނާމު ހަވާލުކޮށްފި

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު ޢާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލެއްވި ފުރުޞަތުގައި، ފަނޑިޔާރުން އެންމެ ރަނގަޅު ކަމަށް ހޮއްވެވި ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމާ ދިިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ބައްދަލުކުރައްވައި އޭނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި މުބާރާތުން އެއްވަނަޔަށް ހޮވުނު ލޯގޯއަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުއި އެ ފަރާތަށް ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ، ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ.

Advertisement

މި ވުޒާރާއަށް ހުށަހެޅުނު ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯއެއް ހޮވާފައި ވަނީ މި ވުޒާރާއިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޚާއްޞަ ޕެނަލަކުންނެ ނެވެ. އެއްވަނަ އަށް ހޮވުނު ލޯގޯއަށް 30000ރ (ތިރީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމު ވަނީ ދެއްވާފައެވެ.

ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް މިވުޒާރާއިން ހުޅުވާލާފައި ވަނީ 2025 ޖޫން 2 ވަނަ ދުވަހު އެވެ. އާންމުކޮށް ހުޅުވާލި މި ފުރުޞަތުގައި ގިނައަދަދެއްގެ ފަރާތްތަކުން އެކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވާ ގިނަ ލޯގޯތަކެއްވަނީ ހުށައަޅުއްވާފައެވެ.

މި ލޯގޯ މި އަހަރުގެ ޖުލައި 26 ން 2026 ޖުލައި 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް