Advertisement

މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފި

މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ދޮށީގެ ކަނދުފައްޗަކީ ދޮށީގެ ނުވަތަ ކަނޑު މަހުގެ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

Advertisement

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 ކަނދުފަތި އަޅާފައިވާކަމަށެވެ. އެއީ މިދިޔަ އަހަރު އެޅި 12 ކަނދުފައްޗާއި މިއަހަރުގެ މިހާތަނަށް އަޅާފައިވާ 10 ކަނދުފައްޗެވެ.

ރާއްޖޭގައި މިހާތަނަށްވަނީ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޮށީގެ 65 ކަނދުފައްޗާއި، ވަދު ކަނދުފަތީގެ 36 ކަނދުފަތި އަޅާފައެވެ. އެހެންކަމުން ކަނދުފަތީގެ ވިއުގައިގައި ޖުމްލަ 101 ކަނދުފަތި ވަނީ އަޅާފައެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

އެގޮތުން މިއަހަރު ނިމުމުގެ ކުރިން ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް