އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ، ހއ. ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ސައީދު އަބްދުﷲ ވަނީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާފައެވެ.
ސައީދު އަބްދުﷲ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައީދު އަބްދުﷲ އަކީ ގަދަރުވެރި، ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހްސިޔަތެއް ކަމަށެވެ.
ރައީސް ވަނީ މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު