މާލޭގެ މަގުތަކުގައި ބޮޑުވާ ފެން ހިންދަން މި ފަހުން ބޭނުންކުރަން ފެށި ގްލޯބަލް ޕަމްޕުގެ އިތުރު ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ދެ ޕަމްޕު ސަޕްލައި ކޮށްދޭން ޝައުގުވެރިވާ މީހުންނަށް މައުލޫމާތު ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލުގެ އިދާރާގެ އޮފީހުގައި ކަމަށެވެ. އަދި އެ ހުށެހެޅުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 9:00 ގައި ކަމަށްވެސް ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން “ގްލޯބަލް ޕަމްޕް 6 ޖީއެސްޓީ ސީ މޫވްމަން”ގެ ދެ ޕަމްޕު ގެނެސްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
އެ ދެ ޕަމްޕަކީ މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރެވޭ ދެ ޕަމްޕެވެ.


ކިޔުންތެރިންގެ ހިޔާލު