މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރެފިއެވެ.
މިއަދު ހެނދުނު ހެނދުނު 9:45 ގައި ނެރެފައިފައިވާ މި ސަމާލުގައި މެޓުން ބުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

މީގެއިތުރުން މެޓުން ބުނީ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 15:30 ގައެވެ.
ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސް އިލްތިމާސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު