Advertisement

އިއްޔެ އެންމެ ވައި ގަދަ ވެފައިވަނީ ފ.ނިލަންދޫއަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އެންމެ ވައި ގަދަވީ ފ.ނިލަންދޫއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ބާރަށް ވައިޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ނިލަންދޫ އަށް ގަޑިއަކު 61 މޭލަށް ވައިގަދަވެފައި ވާކަމަށް މެޓުން ވިދާޅުވިއެވެ.

Advertisement

ދެވަނައަށް އެންމެ ގަދައަށް ވައިޖެހުނީ ބ. ދަރަވަންދޫ އަށެވެ. އެއީ ވިލާގަނޑުގައި ގަޑިއަކު 58.3 މޭލަށެވެ. ތިންވަނައަށް އެންމެ ގަދައަށް ވައިޖެހުނު ގދ.ފަރެސްމާތޮޑާއަށެވެ. އެއީ ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރުމިނުގައެވެ.

އިއްޔެ ވިލާގަނޑުގައި އެންމެ ވައި ބާރުވި ރަށްތައް:

  • ފ. ނިލަންދޫ – 61 މޭލަށް
  • ބ. ދަރަވަންދޫ – 58.3 މޭލަށް
  • ގދ. ފަރެސްމާތޮޑާ – 55 މޭލަށް
  • ހދ. ހަނިމާދޫ – 54 މޭލަށް
  • ލ. ކައްދޫ – 52 މޭލަށް
  • ކ. ހުޅުލެ – 52 މޭލަށް
  • އދ. މާމިގިލި – 47.9 މޭލަށް
  • ވ. ރަކީދޫ – 47 މޭލަށް

50 މޭލަށް ވައިގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ރާޢްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މެޓުން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުއައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް