Advertisement

މިނިދުވަހުގެ ޖަލްސާއަށް ކުރީގެ ވެރިންނަށް ދައުވަތު

މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސުންނާއި ނައިބު ރައީސަށް ދައުވަތު އަރުވަން ނިންމައިފި އެވެ.

މި ނިންމުން ހާމަކުރެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

Advertisement

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ވެރިންނަށް ދަޢުވަތު އަރުވާ ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގައި އެންމެހައި ދިވެހިންގެ ޚިދުމަތަށް ސަރުކާރުން އަގުވަޒަންކުރާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިނިވަން ދުވަހަކީ މުޅި ޤައުމުގެ ދުވަހެއް ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ޤައުމީ ޚިދުމަތުގެ އަގުވަޒަން ކުރުން ކަމަށެވެ. ޚާއްސަކޮށް ޤައުމުގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަަހު އެވެ. މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރެވެ. އެ މުނާސަބާ ކުލަގަދަ ކޮށް ފާހަގަ ކުރަން ނިންމާފައިވާއިރު މިނިވަން ފަސްދޮޅަހުގެ ރަސްމީ ޖަލްސާ އޮންނާނީ 26 ވަނަ ދުވަހުގެ ރެއެވެ.

މިނިވަން ކަމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާއި ގުޅުވާ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ވެސް ދަނީ ތައްޔާރު ވަމުންނެވެ. އެ ރަސްމިއްޔާތަށް ވެސް ހުރިހާ ރައީސުންނަށް ދައުވަތު ދިނުމަށް ވަނީ ނިންމާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް