Advertisement

އަސްކޮއި ޓްރެވަލްސްގެ މަކަރާއި ހީލަތުގެ މައްސަލަ ބަލަނީ

އުމްރާއަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން އެ ޚިދުމަތް ނުދިން ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

މި މައްސަލައިގައި ށ. ފޯކައިދޫން އެކަނި 28 މީހުން ހިމެނޭ ކަމަށް ބުނެ، އެއް ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޖުލައި 24 ގައި އުމްރާއަށް ދިއުމަށް މި އަހަރުގެ ފެބްރުއަރީ މަހު 25,500 ރުފިޔާ ދައްކާފައިވާ ކަމަށެވެ.ނަމަވެސް އުމްރާއަށް ނުދެވި، ދައްކާފައިވާ ފައިސާ ރީފަންޑް ވެސް ނުލިބި މީހުން ތިބީ ބޮޑު ހާސްކަމެއްގައެވެ. އަސްކޮއި ޓްރެވަލް ސާވިސްއިން މިހާރު ފޯނަށް ޖަވާބު ވެސް ނުދޭ ކަމަށް ދަތުރަށް ފައިސާ ދެއްކި މީހުން ބުނެއެވެ. ނަމަވެސް ފުރަން ކައިރިވީއިރު އެ ކުންފުނިން އަންގާފައިވަނީ މިފަހަރު އުމްރާއަށް ގެންދެވެން ނެތް ކަމަށެވެ.

އަސްކޮއި ގްރޫޕުގެ މިފަދަ މައްސަލައެއް މި އަހަރުގެ މެއި މަހުވެސް ކުރިމަތިވެ، އެ މައްސަލަ ބެލުމަށްފަހު އެ ކުންފުނި 130,000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި