Advertisement

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އަސްކޮއި ޓްރެވަލް ސާވިސްއިން އެތައް ބަޔަކަށް ލަނޑުދީފި!

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، “އަސްކޮއި ޓްރެވަލް ސާވިސް” އިން ގިނަ ބަޔަކަށް ލަނޑުދީފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ގުރޫޕު މެދުވެރިވެގެން މިމަހުގެ 24 ގައި ފުރުމަށް ހަމަޖައްސާފައި އޮތް އުމްރާ ދަތުރު ކުއްލިއަކަށް ކެންސަލްކޮށްފައިވާކަން، ދަތުރަށް ތައްޔާރުވެގެން ތިބި މީހުންނަށް އަންގާފައިވަނީ މިއަދުގެ ވަގުތެއްގައި މެސެޖަކުންނެވެ. މިހާރު އުމްރާ ގުރޫޕުގެ އެއްވެސް ފަރާތަކުން ފޯނަށް ޖަވާބެއް ނުދޭ ކަމަށް ވެއެވެ.

Advertisement

ށ. ފޯކައިދޫއިން އެކަނިވެސް 28 މީހަކު ވަނީ މި ގުރޫޕު މެދުވެރިކޮށް އުމްރާއަށް ދިއުމަށްޓަކައި ފައިސާ ދައްކާފައެވެ. ފޯކައިދޫއިން އުމްރާއަށް ދިޔުމަށް ފައިސާދެއްކި ފަރާތަކުން ” ހަވާސާ ” ނޫހާއި ވާހަކަދެއްކި މީހަކު ކިޔައިދިންގޮތުގައި، ދަތުރުގެ ޚަބަރެއް ނުވާތީ އެތަކެއް ފަހަރެއްގެ މަތިން އަސްކޮއި ޓްރެވަލް ސާވިސްއަށް ގުޅާފައިވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ބުނި ނަމަވެސް، ޖުލައި 8 ގައި، އަދި ޖުލައި 13 ގައި، އަދި ޖުލައި 15 ގައި ވެސް ޖަވާބެއް ދޭނެ ކަމަށް ބުނެ ފަސްކުރި ކަމަށެވެ. އެއްވެސް ޖަވާބެއް ނުދީ ތިބެފައި ކުއްލިއަކަށް މިއަދު އެންގީ ފުރެން ނެތް ކަމަށެވެ. ފުރެންނެތީ ކީއްވެކަމެއް ވެސް އަދި ފަހުން ފުރޭނެކަމެއް ވެސް ނޭނގެއެވެ.

ފައިސާ ދެއްކި ފަރާތަކުން ފޮނޮވައިފައިވާ ސިލިޕް

މި ގުރޫޕުގެ އުމްރާ ދަތުރުގެ އަގަކީ މީހަކަށް 25،500 ރުފިޔާއެވެ. އަދި މިފައިސާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދައްކާފައެވެ. ފޯކައިދޫއިން އެކަނި ވެސް ޖުމްލަ 714،000 ރުފިޔާ ދައްކާފައި ވެއެވެ. ނަމަވެސް އުމްރާއަށް ނުދެވި، ދައްކާފައިވާ ފައިސާ ރީފަންޑް ވެސް ނުލިބި މީހުން ތިބީ ބޮޑު ހާސްކަމެއްގައެވެ. އަސްކޮއި ޓްރެވަލް ސާވިސްއިން މިހާރު ފޯނަށް ޖަވާބު ވެސް ނުދީ ފިލައިފައިވާ ކަމަށް ދަތުރަށް ފައިސާ ދެއްކި މީހު ބުނެއެވެ. މިމައްސަލަ މިހާރުވަނީ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަވަސް ހައްލެއް ހޯދައިދިނުމަށް ޝިކާރައަށް ވެފައިވާ ފަރާތްތަކުން އެދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި