11 months ago
ކޮފީ. މިއީ ހަމަ ޔަޤީނުން ވެސް އެއްވެސް މީހަކަށް އައު ބުއިމަކަށް ނުވާނެއެެވެ. ކޮފީއަކީ ގިނަ މީހުންގެ ދުވަހުގެ ފެށުން ކަމުގައިވާ އިރު، ކޮފީ ނޫން އެހެން އެއްވެސް ބުއިމެއް ނުބޮވޭ މީހުން ވެސް މަދެއް ނޫނެވެ. އެގޮތުން ބަލާއިރު ދުވާލެއްގެ މައްޗަށް 400 ބިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮފީ ބޮއެ އުޅެއެވެ.
އެކި މީހުން ކޮފީ ބޮއެ އުޅެނީ އެކި ސަބަބު ތަކާއި ހެދިއެވެ. އެއްބަޔަކަށް ކޮފީ އަކީ އެންމެ މަޤްބޫލު ބުއިމަށް ވާއިރު އަނެއް ބައި މީހުން ކޮފީ ބޮއެ އުޅެނީ ނުނިދާ ހެލާ ހުރުމައްޓަކައެވެ. އަދި ރައްޓެހިންނާއި އެކު ބޭރަށް ނިކުމެގެން އުޅޭ އިރު ވެސް ގިނަ ފަހަރަށް އެންމެންނަށް ވެސް ބޮވޭ އެކައްޗަކީ ކޮފީއެވެ.
ކޮފީ ބުއިމާއި ބެހޭ ގޮތުން ތަފާތު އެކިއެކި ވާހަކަތަށް އަޑު އިވިފައިވެއެވެ. އޭގެ ތެރޭގައި، ކޮފީ ބުއިމުން ސިއްހަތަށް ގެއްލުންވާ ވާހަކަ އާއި، ކަޅު ކޮފީ ބުއިމުން ހަށިގަނޑަށް ފައިދާތަކެއްވާ ވާހަކަ ހިމެނެއެވެ. ނަމަވެސް، ކޮފީ ބުއިމުން އުމުރު ދިގުވާ ކަމަށް ބުނާ ބުނުމަކީ، މިއީ އަލަށް އަޑު އިވިފައިވާ ވާހަކަ އެކެވެ. ނަމަވެސް މިކަން ދިރާސާ ކުރި ފަރާތް ތަކުން ބުނެފައިވަނީ، ކޮފީ ބުއިމުން ލިބޭ ފައިދާ ތަކުގެ އިތުރުން އުމުރު ގިދުވަނީ ހަމައެކަނި ކަޅު ކޮފީ ބުއިމުން ކަމަށާއި ދުވާލެއްގެ މައްޗަށް ހަތަރެއް ނުވަތަ ފަސް ކޮފީ ތަށި ބުއިމުން ކަމަށެވެ.
ކޮފީ އިން އުމުރު ދިގުވަނީ ކިހިނެއް؟
ކޮފީގައި ހިމެނޭ “ޕޮޓެންޓް އެންޓިއޮކްސިޑެންޓް ޕްރޮޕަރޓީސް” ގެ ސަބަބުން ތަފާތު އެކިއެކި ބަލިތަށް ޖެހުމުން ހަށިގަނޑު ރައްކާތެރި ކޮށްދޭނެ ކަމަށް ނިއު އިންގްލެންޑް ގެ ޖަރނަލް އޮފް މެޑިސިން ގައި ޝާއިއު ކޮށްފައިވެއެވެ. މިކަން ދިރާސާ ކުރި ރިސަރޗަރުން ބުނި ގޮތުގައި ހަށިގަނޑަށް ބަލިތަށް ޖެހުމަށް މެދުވެރި ކުރުވާ ސެލްތަކާއި ކޮފީގައި ހިމެނޭ އެންޓިއޮކްސިޑެންޓުން ހަނގުރާމަކޮށް، އެކިއެކި ބަލިތަށް ޖެހުމުން ހަށިގަނޑު ރައްކާތެރި ކޮށްދެނީއެވެ.
މިގޮތުން 2008 ވަނަ އަހަރު މި ރިސަރޗަރުން، 200 މީހުން ބޭނުން ކޮށްގެން ކުރި ދިރާސާ އެއްގައި ދައްކާފައިވަނީ، އާދަ ވެގެން ކޮންމެ ދުވަހަކު މަދުވެގެން ހަތަރު ކަޅު ކޮފީ ތަށި ބުއި މީހުންނަށް ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި ލޭމައްޗަށް ދިޔުމުގެ އިތުރުން ކެންސަރ ފަދަ ބަލިތަށް ވެސް ނުޖެހޭ ކަމަށެވެ. އޭގެ ތެރެއިން 50 މީހުންނަކީ ކޮފީ ނުބޯ ނުވަތަ ވަރަށް މަދުން ކޮފީ ބޮއެ އުޅުނު މީހުންނެވެ. އަދި ދެއަހަރު ދުވަހަށް ބަލައިގެން ކުރި މިދިރާސާގައި ދައްކާފައިވަނީ އެމީހުންނަށް ތަފާތު އެކި ބަލިތަށް ޖެހުން ކަމަށެވެ.