Advertisement

ވީއައިއޭގެ އައު ޓާމިނަލް ރީތިވާނީ ދަރަނީގެ އުނދަގޫތަކުން ސަލާމަތްވެއްޖެނަމަ: ރައީސް ނަޝީދު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ”ރީތި ވާނީ“ އެ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ކުރިއަރައި، ރާއްޖެ ޖެހިފައިވާ ”ދަރަނީގެ ދަންތުރަ“ އިން ސަލާމަތް ވާނަމަ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓާމިނަލްގެ ފުރިހަމަ ކަމާއި ރީތި ކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑުވަޅުގައި، ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ކޮންކްރީޓާއި، ބިއްލޫރި އަދި ޕްލާސްޓިކްގެ ބޭނުންކޮށްގެން އިމާރާތްކުރުމަކީ ކުރިއެރުން ކަމަށް ދެއްކުމަކީ ހަނިވިސްނުމެކެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ، ހަމައެކަނި ބޭރުފުށުން ރީތިކޮށް އިމާރާތްކުރުމަކުން އެއީ ހަގީގީ ތަރައްޤީއަށް ނުވާނެ ކަމަށެވެ.

”ވެލާނާ އެއަރޕޯޓްގެ އައު ޓާމިނަލްވެސް ރީތިވާނީ “ވަޅި ރީތީ ތޫނުކަމަށް” ބުނާ މިސާލުގަ“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، އައު ޓާމިނަލް ވެސް ރީތިވާނީ، ރާއްޖެއަށް އޭގެ ފައިދާ ލިބިގެން ކަމަށެވެ.

އައު އެއަރޕޯޓްގެ ސަބަބުން ފަތުރުވެރިންގެ އަދަދު އިތުރުވާ މިންވަރާއި، އިޤްތިޞާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވެވޭނެ މަގެއް ފެނިއްޖެނަމަ ވެލާނާ އެއަރޕޯޓް ވަރަށް ރީތިވާނެ ކަމަށެވެ.

ވީއައިއޭ ޓާމިނަލް ހުޅުވުން އޮތީ ދިވެހީންގެ މިނިވަން ކަމުގެ 60 އަހަރު ފުރޭ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް