Advertisement

ދާއިމީ ބަލިތަކަަށް ބޭސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެކަމަށް ހާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތް ހެދުމުހެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

“އަހާ” ފޯރަމްގެ ތެރެއިން ބޭސްފަރުވާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމަށެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ބޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަގިލާންޖެހިފައިވާ ކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަތެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ބައެއް ބޭހަކީ ޕްރިކްރިޕްޝަނަށް ނޫނީ ނުގެނެވޭ ބޭސްތައް. ދުރު ރާސްތާ ސިޔާސަތެއްގެ ގޮތުން މިހާރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ރަޖިސްޓްރީއެެއް ބެލެހެއްޓުން” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް މި ވަގުތު ހައްލެއް ގެނައުމްށް މާލެ އާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކުން ބޭސް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ މީހަކު ހިދުމަތް ހޯދައި ހޮސްޕިޓަލަކުން ބޭސް ފޯރުކޮށްދޭ ގޮތައް ނިޒާމު ބައްޓަންކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Amin
Aee dogu

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް