11 months ago
ޓްރެވަލް އެވޯޑުގައި ޓީއެމްއޭއަށް ދުނިޔޭގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ލިބިއްޖެއެވެ.
ޓީއެމްއޭގެ ސީއީއޯ ފައުޒީ އަދި ކޯޕަރޭޓް ސްޓްރެޓެޖީ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓްގެ ޝުބާމް މޫންދަރާ ފަޚުރުވެރިކަމާއެކު އެ އެވޯޑް ބަލައިގަތީ ދުބާއީގެ އައިކޮނިކް ބުރްޖް އަލް އަރަބްގައި ޑިސެމްބަރު 1 ވީ ދުވަހު ބޭއްވި ޓްރެވަލް އެވޯޑުސް ގެ ހަފްލާގެ ތެރެއިންނެވެ.
އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މި އެވޯޑާ ގުޅިގެން ޓީއެމްއޭއިން ބުނީ އެ ކުންފުނިން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސް، ދަތުރުފަތުރުކުރުމުގެ އިންފްރާސްޓްރަކްޗާ ބަދަލުކުރުމަކީ ރިސޯޓުތަކުގެ ތަރައްގީއަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ހަލުވި ދުވެލީގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީވަމުން އަންނައިރު އެ ކުންފުނިން އަންނަނީ އެކި ރިސޯޓުތަކަށް އޮންނަ ޑިމާންޑާ އެއްގޮތަށް ދަތުރުތައް ތާވަލުކުރަމުން ކަމަށް ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ދުވާލަކު 400 އަށް ވުރެ ގިނަ ދަތުރުކުރެ އެވެ. ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ 90 އަށް ވުރެ ގިނަ ރިސޯޓުތަކަށް މި އެއާލައިންގެ ދަތުރުތައް ކުރެ އެވެ.
އެ ކުންފުނިން ބުނީ ޓޫރިޒަމްގެ ދާއިރާއަށް އިތުރުވަމުން އަންނަ ޑިމާންޑާ އެއް ހަމައެއްގައި ފައި ހަމަކޮށް، އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގައި ދެމި އޮންނާނެ ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވެސް ސީޕްލޭން ޒޯން ލ. އަތޮޅާއި ގއ. އަތޮޅަށް ފުޅާކޮށް، ޓޫރިސްޓުންނަށް ރާއްޖޭގައި ދަތުރުފަތުރުކުރުމަށް ފަސޭހަ މަގެއް ފަހިކޮށްދީފައިވާކަން ފާހަގަކުރި އެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިން ޓޫރިސް ޓްރާންސްފާ" އެވޯޑު ވެސް ޓީއެމްއޭ އަށް ވަނީ ލިބިފަ އެވެ.